if

ހައިކޯޓު ދެކުނު ގޮފީގެ ވެބްސައިޓް އިފްތިތާޙު ކޮށްފި

ހައިކޯޓު ދެކުނު ގޮފީގެ ވެބްސައިޓް އިފްތިތާޙު ކޮށްފިއެވެ. ހައިކޯޓު ދެކުނު ގޮފިން ދެމުންގެންދާ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއި އަވަސް ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމް ކުރެވުނު މި ވެބްސައިޓް އިފްތިތިޙު ކުރުމަށް ހައކޯޓު ދެކުނު ގޮފީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޠައްޔިބު އާއި އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް ޢަލީ ނަޒީރު އެވެ. މިރަސްމިއްޔާތުގައި ހައިކޯޓު ދެކުނު ގޮފީގެ ހުރިހާ ފަނޑިޔާރުންނާއި، މުވައްޒަފުން ބައިވެރިވިއެވެ.

މި ވެބްސައިޓް މެދުވެރިކޮށް، ހައިކޯޓު ދެކުނު ގޮތްޕާއި ބެހޭ އެންމެހައި މަޢުުލޫމާތުތައް ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި، ހައިކޯޓު ދެކުނު ގޮފި، ނިސްބަތްވާ ސަރަޙައްދާއި، ހައިކޯޓު ދެކުނު ގޮފީގެ އިޚްތިޞާޞާއި، މިފަދަ މަޢުލޫމާތު ތަކުގެ އިތުރުން، ހައިކޯޓު ދެކުނު ގޮފީން ނިންމާ ޤަޟިއްޔާތަކާއި ނެރޭ އަމުރުތައް އަދި ނިންމުންތައް މިވެބްސައިޓުގައި ޝާއިޢުކުރެވުމުން ދާނެއެވެ. މީގެ އިތުރުން ހައިކޯޓު ދެކުނު ގޮފިން ދެމުންގެންދާ ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ފޯމްތައް މިސައިޓުން ފަސޭހަކަމާއެކު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މީގެ އިތުރުންވެސް ޤާނޫނާއި ގަވައިދުތަކަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ މަގުވެސް މި ވެބްސައިޓުގެ ޒަރިއްޔާއިން ފަހި ވެގެންދާނެއެވެ.

You will have an opportunity to save your time, efforts and your nerves, as well as will get a chance to receive a good relevant mark and a better comprehending of physics.